ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕީސީބީއަށް ޝިރުވީން އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 24، 2023 ގަ އެވެ.
ޝިރުވީންއަށް ރުހުން ދިނުމާއިމެދު ގޮތެއް ނިންމުމަށް އެސްއޯއީ ކޮމިޓީއަށް ފޮނުވީ މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގަ އެވެ.
ޕީސީބީއަށް އައްޔަން ކުރެއްވުމުގެ ކުރިން ޝިރުވީން މަސައްކަތް ކުރައްވަމުން ގެންދެވީ ދިވެހި ރާއްޖޭގެ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގަ އެވެ. މީގެ އިތުރުން މިވަގުތުވެސް ޝިރުވީން ހުންނެވީ ފެމެލީ ލީގަލް ކްލިނިކްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެއްގެ ގޮތުގަ އެވެ.
އަލްއުސްތާޒާ ފާތިމަތު ޝިރުވީން އަކީ އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.