ads
އީގަލްސްގެ ރިޒޭ - ފޮޓޯ އެފްއޭއެމް
ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލްގެ ފުރަތަމަ ޖާގަ އީގަލްސްއަށް
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ކްލަބު އީގަލްސްއިން ހޯދައިފިއެވެ.

އީގަލްސް ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްގެނެވެ. ބުރާ އީގަލްސްގެ މެޗުން އީގަލްސް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. އީގަލްސް މޮޅިވީ ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރުވުމުން އިތުރު ވަގުތު ކުޅެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އީގަލްސްއިންނެވެ. އެއީ މެޗުގެ 26 ވަނަ މިނިޓްގައި ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ބޮލުން ޖެހި ގޯލުންނެވެ. 

ބުރު ޓީމުން އެއްވަރު ކުރީ، މެޗުގެ 82 ވަނަ މިނިޓްގައި، ލިބުނު ޕެނަލްޓީއަކުން އަހުމަދު ރަޝީދު (އައްމަޑޭ)އެވެ. އެއާއެކު ދެން ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އިތުރު ވަގުތުގެ ވަރަށް ކުރީކޮޅު އީގަލްސްގެ ޒައިންވަނީ ދެ ވަނަ ލަނޑެއް ޖަހައި އެ ޓީމު މޮޅުކޮށްދީފައެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އީގަލްސްއާ ދެކޮޅަށް ކުޅޭނީ މިރޭ މާޒިޔާ- ސަސް ކުޅެގެން މޮޅުވާ ބަޔެކެވެ.

މިއީ، އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭނެ ތިން ވަނަ ފަހަރެވެ. އީގަލްސްއިން އެންމެ ފުރަތަމަ ޕްރެޒިޑެންޓްސް ކަޕިގެ ފައިނަލް ކުޅުނީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި އީގަލްސް ބަލިވީ ނިއުރޭޑިއަންޓް އަތުންނެވެ. އޭގެ ފަހުން އީގަލްސް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދިޔައީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު ޓީސީއާ ކުޅެ އީގަލްސްއިންވަނީ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕު ހޯދާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް