ads
މާޒިޔާގެ ހަމްޕު
ސަސް ކޮޅަށް އަށް ލަނޑު ޖަހައި މާޒިޔާ ފައިނަލަށް
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގެ ފަހު މެޗުން ބޮޑު ތަފާތަކުން މާޒިޔާ މޮޅުވެ، ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާޒިޔާއާ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް- ސަސް ކުޅުނު މެޗުން މާޒިޔާ މޮޅުވީ އަށް ލަނޑު ސުން ލަނޑުންނެވެ. 

މާޒިޔާއިން މެޗުގައި ޖެހި އަށް ލަނޑުގެ ތެރެއިން ފުރަތަމަ ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު 35 ވަނަ މިނިޓުގައި ޖެހީ ބިދޭސީ ކުޅުންތެރިއެކެވެ. އޭގެ އިރުކޮޅެއް ފަހުން ހަސަން ރާއިފް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ތިންވަނަ ލަނޑު ޖެހީ ހަމްޒާއެވެ. 

ދެވަނަ ހާފުގައި މާޒިޔާއިން އިތުރު ފަސް ލަނޑު ޖެހިއިރު، މުޅި މެޗުގައިވެސް މޮޅަށް ކުޅެ މުޅި ގޭމް ކޮންޓްރޯލް ކުރީ މާޒިޔާއެވެ. 

މާޒިޔާ ފައިނަލުގައި ކުޅޭނީ އީގަލްސްއާއެވެ. އީގަލްސް ފައިނަލަށް ދިޔައީ ފުރަތަމަ ސެމީގައި ބުރު ސްޕޯޓްސް ބަލިކޮށްގެންނެވެ. 

މާޒިޔާއާ އީގަލްސް ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭއެވެ. މިއީ މި ސީޒަންގައި މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމެވެ. ފުރަތަމަ މެޗަކީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ މެޗެވެ. އެ މެޗުން ދެ ލަނޑު އެއް ލަނޑުން މޮޅުވެގެން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވަނީ މާޒިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް