ads
ސުުހާނާ ހާން
ޝާހުރުކް ހާންގެ އެންމެ ހަގު ދަރިފުޅު ސުހާނާ ރާއްޖޭގައި ހުރިކަމަށް އަޑުފެތުރިއްޖެ
ބޮލީވުޑުގެ މެގަ ސްޓާ ޝާހުރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަމަށް ބެލެވޭކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

މި އަޑު ފެތުރެން ފަށާފައިވަނީ އޭނާ މޫދެއް ކައިރީގައި އިށީދެގެން އިންނަ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއި ގުޅިގެންނެވެ. 

އެ ފޮޓޯއާއެކު ސުހާނާ ލިޔެފައިވަނީ "ގޮނޑުދޮށެއްގައި ފުރިހަމަ ޗުއްޓީއެއް" މިހެނެނެވެ. ސުހާނާ ހުރީ ކޮންތާކުކަމެއް އޭނާ ނުބުނެއެވެ. ނަމަވެސް އިންޑިއާގެ ސެލެބްރިޓީންގެ ހަބަރުތައް ފަތުރާ ބައެއް ނޫސްތަކުން ބުނާގޮތުން ސުހާނާ ހުރީ މިވަގުތު ރާއްޖޭގައި ކަމަށް ބެލެވެއެވެ.

އުމުރުން 22 އަހަރުގެ ސުހާނާ އަންނަނީ އޭނާގެ އެންމެ ފުރަތަ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމަކީ ނެޓްފްލިކްސް އަށް ނުކުންނަ "ދަ އާޗީސް ބައި ޒޯޔާ އަހްތަރް" އެވެ. މި ފިލްމަކީ ދަ އާޗީސް ކޮމިކްގެ އެޑެޕްޓޭޝަނެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ޒޯޔާ އަހްތަރެވެ.

ސުހާނާގެ އިތުރުން ބޮލީވުޑްގެ މެގަ ސްޓާ އަމީތާބު ބަޗަންގެ ކާފަ ދަރިފުޅު އަދި ސްރީދޭވީގެ ދަރިފުޅު ވެސް މި ފިލްމުން ފެނިގެންދާނެއެވެ. 

އަގަސްތާ ނަންދާ އާއި ސުހާނާ ހާން، ޚުޝީ ކަޕޫރުވެސް އަލަށް އެކްޓިންގެ ދާއިރަށް ނެރޭ ފިލްމު، "ދަ އާޗިސް" ގެ ޕޯސްޓަރާއި ޓީޒާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި އެ ފިލްމު މި އަހަރު ތެރޭގައި ނެޓްފިލިކްސްއަށް ނެރޭނެއެވެ.  

އަގަސްތާ ނަންދާ އަކީ އަމީތާބް ބަޗަންގެ ކާފަ ދަރިފުޅެކެވެ. އޭނާގެ މަންމަ އަކީ ޝުވެތާ ބަޗަން އެވެ.

ހުޝީ ކަޕޫރަކީ ސްރީދޭވީގެ އަންހެން ދަރިފުޅެވެ.

މި ފިލްމުގައި ފިރިހެން ރޯލުން ފެންނަ، އަމީތާބުގެ ކާފަ ދަރިފުޅު އަގްސްތާ ނަންދާ އާއި ސުހާނާ މިހާރު ރަށްޓެހިވެގެން އުޅޭކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ. 

މިގޮތުން ކަޕޫރު އާއިލާއިން ބޭއްވި ޕާޓީއެއްގައި ސުހާނާ އާއި އަގަސްތާ އެކުގައި ވަނީ ބައިވެރިވެފައެވެ. އެ ޕާޓީގައި އަގަސްތާގެ އޭނާގެ ބައިވެރިއެއްގެ ގޮތުގައި ސުހާނާ ތައާރަފް ކުރި ކަމަށްވެއެއެވެ. އަގްސްތާ ނަންދުގެ އުމުރަކީވެސް 22 އަހަރެވެ.   

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް