ads
ރައީސް ސޯލިހް ގަލޮޅު ދަނޑުގައި
ރައީސްއަށް ވަޑައިގެންނެވޭ ޑޭޓެއްގައި ކުޅެން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ލަސްކޮށްފި
ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވަޑައިގެންނެވޭ ތާރީހެއްހައި ކުޅެން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ލަސްކޮށްފިއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅެން ކުރިން ކަނޑައަޅާފައި އޮތީ އަންނަ އާދިއްތަ ދުވަހުގެ ރޭއެވެ. އެކަމަކު އެފްއޭއެމުން މިއަދު ބުނީ، ރައީސް އަށް ވަޑައިގެންނެވޭ ތާރީހެއްގައި ފައިނަލް މެޗު ކުޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމުމާއެކު މިހާރު ފައިނަލް ކުޅޭނެ ތާރީހެއް ކަމަށް ކަނޑައަޅާފައިވަނީ 2 މެއި ވާ އަންގާރަ ދުވަހުގެ ރެއެވެ. 

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ކުޅޭނީ މާޒިޔާއާ އީގަލްސްއެވެ. ފައިނަލް މެޗަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަޑައިގެންފިނަމަ އެ މެޗު ވެގެންދާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ ފައިނަލަށެވެ. 

ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ޕްރެޒިޑެންޓްސް ކަޕް ނުބާއްވައެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ހަތަރުވަނަ އަހަރު ނުވަތަ މިދިޔަ އަހަރުގެ ފައިނަލް މެޗުގައި އެ މަނިކުފާނަށް ފހުަ ވަގުތު ބައިވެރިވެވަޑައި ނުގެންނެވުނީ ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުމާ ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް