ads
ޔުނައިޓެޑް - ޓޮޓެންހަމް މެޗުގެ ތެރެއިން
ޓޮޓެންހަމާ އެއްވަރުވެ ޔުނައިޓެޑް އަނެއްކާ ހަތަރަކަށް
ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމާ އެއްވަރުވެ، މެންޗެސްޓަ ޔުނައިޓެޑު އަނެއްކާވެސް ހަތަރުވަނައަށް ވެއްޓިއްޖެއެވެ.

ޔުނައިޓެޑާ ޓޮޓެންހަމް މެޗު އެއްވަރުވީ ދޭއް ދޭކުންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑު ހަތަރެއްގައި އޮތަސް، ތިންވަނައިގަ އޮތް ނިއުކާސްލްއަށްވުރެ މަދުން މެޗު ކުޅެފައިވާތީ އަލުން ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ޔުނައިޓެޑަށް އެބައޮތެވެ.

ޔުނައިޓެޑް ޓޮޓެންހަމާ އެއްވަރުވިއިރު، ނިއުކާސްލްވަނީ އެވަޓަން އަތުން ހަތަރު ލަނޑު އެއް ލަނޑުން މޮޅުވެފައެވެ. މި ނަތީޖާތަކާ އެކު ނިއުކާސަލް ތިން ވަނައިގައި އޮތީ 32 މެޗުން 62 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 31 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 33 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

ރަށުން ބޭރުގައި ޔުނައިޓެޑު ކުޅުނު މެޗުން އެ ޓީމު އެއްވަރުވީ ދެ ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް ޓޮޓެންހަމުން ފަހަތުން އަރައި ޖެހި ދެ ލަނޑާއެކުއެވެ. ޔުނައިޓެޑުގެ ލަނޑުތައް ޖެހީ ޖޭޑަން ސަންޗޯ އަދި އމާކަސް ރެޝްފޯޑެވެ. ޓޮޓެންހަމް ލަނޑުތައް ޖެހީ ޕެޑްރޯ ޕޯރޯ އަދި ސޮން ހެއުންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް