މައުލޫމާތު ލިބިފައިވާ ގޮތުގައި ފޯނެއް ފޭރިގަނެގެން ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ ހެލެގެލި އަހްމަދު ކިޔާ މީހެކެވެ. މިއީ އުމުރުން 38 އަހަރުގެ މީހެކެވެ. މި މީހާ މިހާރުވަނީ 15 ދުވަހަށް މުއްދަތު ޖަހައި ބަންދުކޮށްފައެވެ.
އަހްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާވަނީ ކުރިންވެސް މީހެއްގެ ފޯނެއް ފޭރިގަނެފައެވެ.
މި މައްސަލައިގައި ތ. ވިލުފުށީ އެހީވާގެ އަހްމަދު މާހިރު ކިޔާ މީހަކުވެސްވަނީ ހައްޔަރުކޮށްފައެވެ. އަހްމަދު މާހިރުގެ ބަންދަށްވެސް ކޯޓުން 15 ދުވަސް ދީފައިވެއެވެ. އަހްމަދު މާހިރަކީ އުމުރުން 42 އަހަރުގެ މީހެކެވެ.
މާހިރުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް މީގެ ކުރިންވެސް ވައްކަމާއި އަނިޔާވެރިކަމުގެ އަމަލުތައް ހިންގުމުގެ ތުހުމަތު ކުރެވިފައިވެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް މީގެ ކުރިން އަހްމަދު ހިމެނިފައިވާކަންވަނީ އެނގިފައެވެ.