ads
ޕާކިސްތާނު މީހެއް އަތުން އަތުލައިގަތް މަސްތުވާތަކެތި---ފޮޓޯ:ކަސްޓަމްސް
5 ކިލޯގެ ޑްރަގްސް އެތެރެކުރި ޕާކިސްތާނު މީހާ އެކަމަށް އިންކާރުކޮށްފި
ވައިގެ މަގުން ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހާ، މަސްތުވާތަކެތި އެތެރެކުރި ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފިއެވެ.
Advertisement

ވައިގެ މަގުން ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި ގެނައި ކަމުގެ ތުހުމަތުގައި ޕާކިސްތާނު މީހަކު ހައްޔަރު ކުރީ މިދިޔަ މަހު މެދުތެރޭ ހިސާބުގައެވެ. އޭނާ ބަންދު މުއްދަތު ޖެހުމަށް ފަހު، މުއްދަތު ހަމަވެގެން އަނެއްކާވެސް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން މިއަދުވަނީ އިތުރު 10 ދުވަހު އޭނާ ބަންދު ކުރަން އަމުރުކޮށްފައެވެ.

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއަށް މަސްތުވަތާ ތަކެތި އެތެރެކުރީ، އުމުރުން 53 އަހަރުގެ މުހައްމަދު ރަމްޒާން ކިޔާ މީހެކެވެ. އޭނާ އަތުލައިގެންފައިވަނީ ކަސްޓަމް އޮފިސަރުންނަށް އެއާޕޯޓުން އޭނާއާ މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައި އޭނާ އަތުން މަސްތުވާތަކެތި ފެނިގެން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާވަނީ މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖުން ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ފުލުހުންނާ ކަސްޓަމުން ފާހަގަ ކުރަނީ އެ މީހާގެ ދަބަހުން މަސްތުވާތަކެތި ފެނުނު ކަމަށް. އެކަމަކު އެ މީހާ ބުނަނީ އެއީ އޭނާގެ ދަބަހެއް ނޫން ކަމަށް. ދަބަހުގައިވާ ޓެގުން އެއީ އޭނާގެ ދަބަހެއްކަން އެނގޭ ކަމަށް ކަސްޓަމުން ބުނި ނަމަވެސް އޭނާވަނީ އެކަމަށް އިންކާރުކޮށްފައި. އަދި އެ ދަބަހުގައި އޭނާގެ އެއްވެސް އެއްޗެއް ނެތް ކަމާއި އޭނާއާ ދަބަހާ ގުޅުވައިދޭ ހަމަ އެކަނި އެއްޗަކީ އެ ޓެގު ކަމަށް ބުނެފައިވޭ.

އޭނާ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްއިން ބުނެއެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މި މީހާގެ ބަންދުކޮށްފައިވާއިރު، ހަމަ ގާތްގަނޑަކަށް އެ ބަރުދަނުގެ މަސްތުވާތަކެތި މިދިޔަ މަހު އެތެރެކުރި އިންޑިޔާ އަންހެނެއްވެސް ބަންދުކޮށްފައި އެބަހުއްޓެވެ. އަދި މިދިޔަ ހަފްތާތެރޭ ހުޅުމާލޭން ނޭޕާލް މީހަކުވެސް މަސްތުވާތަކެއްޗާއެކު ވަނީ އަތުލައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް