ads
ޝާހުރުކް ހާން އޭނާގެ ދަރިފުޅު ސުހާނާ ހާން އާއެކު:
ސުހާނާގެ ފޮޓޯއެއް ލީކުވެ، ޝާހުރުކް ހާންގެ އަބުރު ނުގެއްލުނީ ކިރިޔާ
ސުހާނާ ހާން ގެ ފެޝަން ޗޮއިސްތަކުން އިންޓަނެޓުގައި އަބަދު ވެސް ހުޅު ރޯކޮށްލައެވެ. ޝާހުރުކް ހާންގެ ދަރިފުޅު އަބަދުވެސް މީޑިއާގެ ސަމާލުކަމުގައި ހުންނަނީ އޭނާގެ ރީތިކަމާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އޭނާއަށް އެތައް މިލިއަން ފޮލޯވަރުންތަކެއް ވަނީ ލިބިފައިވެއެވެ.

ދާދި ފަހުން ސުހާނާ ހާން ކަމަށް ހީކޮށް ޝެއާކުރި ބިކިނީ ފޮޓޯއިން އިންޓަނެޓް ތޫފާނެއްގެ ތެރެއަށް ވަދެގެން ދިޔައެވެ. އެ ތަސްވީރު އޭނާގެ ފޭން ޕޭޖްތަކުން ވަރަށް ގިނައިން ހިއްސާ ކުރަމުން ދިޔައެވެ.

ވައިރަލްވި ފޮޓޯގައި އަންހެން ކުއްޖަކު ހުދު ބިކިނީއެއް ލައިގެން ހުރެ ކެމެރާއަށް ފުރަގަސް ދީގެން ޕޯޒް ކޮށްފައިވެެއެވެ. އެއީ ޝާހުރުކް ހާންގެ ދަރިފުޅު ސުހާނާ ކަމަށް ފޭނުން ހީކުރިއިރުއެވެ. ނަމަވެސް ފަހުން ހާމަވި ގޮތުގައި އެ ތަސްވީރުގައި ފެންނަ އަންހެނަކީ ހިންދީ ފިލްމުތަކުގެ ބަތަލާއެއް ކަމަށްވާ ޝަންވީ ސްރިވަސްތާވާ އެވެ.

ޝާންވީގެ އެންމެ މޮޅު މަސައްކަތްތަކުގެ ތެރޭގައި "މާސްޓަރޕީސް" އަދި "މުފްތީ" ފަދަ ފިލްމުތައް ހިމެނެއެވެ.

your imageޝަންވީ ސްރިވަސްތާވާ

އެއީ ސުހާނާ ހާންގެ ބިކިނީ ފޮޓޯ ކަމަށް ބުނި ފޭން ޕޭޖުން މިހާރު ވަނީ އެ ވައިރަލް ޓްވީޓް ޑިލީޓްކޮށްފަ އެވެ.

މި ފޮޓޯއާއެކު ގިނަބައެއްގެ ފާޑުކިއުންވެސް އަމާޒުވިއެވެ. ޓްރޯލް ކުރި ބައެއް މީހުން ބުނެފައިވަނީ ސުހާނާގެ ބިކިނީ ފޮޓޯއެއް ހާމަކުރުން ވާނީ "ހަރާމް" ކަމަށެވެ. އޭނާގެ "ބައްޕަގެ އަބުރަށް" ފަރުވާލެއް ނުބަހައްޓާ ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.

ނަމަވެސް އެ ފޮޓޯއަކީ ސުހާނާގެ ފޮޓޯއެއް ނޫންކަން އެނގުމުން ބައެއް މީހުން އަންނަނީ މައާފަށް ވެސް އެދެމުންނެވެ.

18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް