މިގޮތުން ވައިރަލް ވެފައިވާ ބައެއް ފޮޓޯތަކުން ފެންނަނީ ޕާކިސްތާނުގެ ބައެއް މީހުންގެ މަހާނަތައް ދަގަނޑު ކޮއްޓަކުން ހިމާޔަތްކޮށް ތަޅުލާފައި ހުރި މަންޒަރެވެ.
މި މަންޒަރުތައް ފެނުމުން ގިނަބަޔަކު ސުވާލު އުފައްދަން ފަށާފައިވަނީ މިއީ ކީއްކުރަން ކުރާކަމެއްތޯ؟ އެވެ.
ޕާކިސްތާނުގައި އަންހެނުންގެ މަހާނަތައް ތަޅުލަނީ މަރުވާ މީހުންގެ މަހާނަކޮނެގެން ރޭޕު ކުރާ މީހުންގެ އަދަދު އިތުރުވާތީކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
މިގޮތުން 2011 ވަނަ އަހަރު ވަނީ ގަބުރުސްތާނު ބަލަހައްޓާ މީހަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ ގަބުރުސްތާނުގައި އޮތް އަންހެނެއްގެ ހަށިގަނޑު ކޮނެގެން ނަގައި ރޭޕު ކުރަނިކޮށް ބަޔަކަށް ފެނިގެން ރިޕޯޓު ކުރުމާ ގުޅިގެންނެނެވެ.
މި ހާދިސާއަށްފަހު ވެސް މިފަދަ ބައެއް ހާދިސާތައް ހިނގައި ގަބުުރުތައް ކޮނެ ރޭޕްކޮށްފައިވެއެވެ. ނަމަވެސް އެކަން ހުރާ މީހުން ހުއްޓުވުމަށް ޕާކިސްތާނުގެ ފުުލުުހުންވަނީ ފެއިލްވެފައެވެ.