ads
ރޭގެ ޖަލްސާގައި ސީޕީ ވާހަކަ ދައްކަވަނީ
ކުށް މަދުކުރުމުގައި ކުރިއެރުންތަކެއް ހޯދިއްޖެ: ސީޕީ
ކުށް މަދުކުރުމާއި ކުށުގެ އަމަލުތައް ހުއްޓުވުމުގައި ކުރިއެރުން ތަކެއް ހޯދިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތުން ކުށުގެ ވެއްޓަށް ބަދަލުތަކެއް ގެނެފިވައިވީ މަމަވެސް އަދިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށެވެ.

2022 ވަނަ އަހަރު 13،000 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ތަހުގީގުކޮށްފައި ވާއިރު، އެ ތަހުގީގުތަކުގެ ބޮޑު ބައެއް ބިނާ ވަނީ ފޮރެންސިކް ހެކީގެ މައްޗަށް ކަމަށާއި ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކަށް ރައްދުެވޭވަރަށް ފުލުހުންގެ ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ފުލުހުންނަށް ތައުލީމާއި ތަމްރީން ދިނުމަށް އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ 573 ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ގާނޫނުގައި ބުނާ ފެންވަރަށް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ގޭންގުތަކަށް ނިސްބަތްވާ 700 މީހަކު 1،735 ފަހަރު މަގުމަތިން ހުއްޓުވައި ސުވާލުކޮށް، އަދި އެ ގުރޫޕްތައް ހަރަކާތްތެރިވެ އުޅޭ ސަރަހައްދުތަކަށް 6071 ފަހަރު ފުލުހުން ގޮސް ފިޔަވަޅު އަޅާފައިވާ ކަމަށާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަނބުރާ ހޯދައި ދެވުނު މުދަލުގެ އަގު 18 މިލިއަން ރުފިޔާއަށް ވުރެމަތިކަމަށް ސީޕީ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް