ads
ނޭމާއާއެކު އޮޑިއްޝާގެ ފޯވާޑު ޑިއޭގޯ މޮރީޝިއޯ
ނޭމާއާއެކު ކުޅުނު ފޯވާޑުގެ ހެޓްރިކާއެކު އޮޑިއްޝާ އޭއެފްސީ ކަޕަށް
ބްރެޒިލްގެ ޔޫތު ގައުމީ ޓީމަށް ނޭމާއާ އެކު ކުޅުނު ފޯވާޑު ޑިއޭގޯ މޮރީޝިއޯގެ ހެޓްރިކާއެކު، އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން އިންޑިޔާގެ އޮޑިއްޝާ އެފްސީ ފުރުސަތު ހޯދައިފިއެވެ.

އޭއެފްސީ ކަޕުން ފުރަތަމަ ފަހަރަށް އޮޑިއްޝާއަށް ފުރުސަތު ލިބުނީ ރޭ ކުޅުނު ޕްލޭ އޮފް މެޗުގައި އިންޑިޔާގެ ގޯކުލާމް ކެރެލާ ތިން ލަނޑު އެއް ލަނޑު އެއް ލަނޑުން ބަލިކޮށްގެނެވެ. 

މި ނަތީޖާއާއެކު އޮޑިއްޝާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައިވާއިރު، އޮޑިއްޝާ ހިމެނޭނީ މާޒިޔާއާއެކު ދެކުނު އޭޝިއާ ގްރޫޕުގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންސްގްއެވެ. ހަތަރުވަނަ ޖާގަ އެނގޭނީ ޕްރިލިމިނަރީ ބުރާ ކޮލިފައިން ބުރަށް ފަހުއެވެ. 

މިދިޔަ އަހަރު އޭއެފްސީ ކަޕުގައި މާޒިޔާއާއެކު އެއް ގްރޫޕެއްގައި ހިމެނުނު ގޯކުލާމްއާ އޮޑިއްޝާ ރޭ ކުޅުނު މެޗުގައި އޮޑިއްޝާއިން ޖެހި ތިން ލަނޑުވެސް ޖެހީ ބްރެޒިލްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޑިއޭގޯ މޮރީޝިއޯއެވެ. 

ޑިއޭގޯ މޮރީޝިއޯ ބްރެޒިލްގެ ނޭމާ އަދި ރޮނާލްޑީނިއޯއާއެކު ކުރިން ކުޅެފައެވެ. އިންޑިޔާގެ ހީރޯ ސުޕަރ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އޭނާއެވެ.

އޭއެފްސީ ކަޕުގައި މާޒިޔާ ހިމެނޭ ދެކުނު އޭޝިއާ ގްރޫޕުގެ ތިން ޓީމު ރޭގެ މެޗާއެކު މިހާރު މިވަނީ ކަށަވަރުވެފައެވެ. 

ދެކުނު އޭޝިޔާ ގްރޫޕުގެ ފަހު ޖާގައަށް ވާދަކުރަނީ ރާއްޖޭން އީގަލްސްއާ، އިންޑިޔާއިން ހައިދަރު އާބާދާ މޯހަން ބަގާން، ނޭޕާލުން މަޗިންދުރާ ޔުނައިޓެޑް ބޫޓާނުން ޕާރޯ އެފްސީ އަދި ޕާކިސްތާނުން ވަޕްޑާ އެވެ. މީގެ އިތުރުން ސްޓޭންޑްބައި ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑްވެސް މި ގްރޫޕުން ފުރުސަތެއް ހޯދުމަށް ޕްލޭ އޮފަށް އުއްމީދު ކުރެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް