ads
އިއްޔެ ނިޔާވި ސައުދުﷲ
ސައުދުﷲގެ އާއިލާއަށް މަސީން ތައުޒިޔާ ދަންނަވައިފި
ފޭދޫފިނޮޅު ކައިރީގައި އިއްޔެ ހިނގި ނުރައްކާތެރި ލޯންޗް އެކްސިޑެންޓްގައި ނިޔާވި ސައުދުﷲ އަހުމަދުގެ އާއިލާއަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ތައުޒިޔާގެ މެސެޖެއް ފޮނުވައިފި އެވެ.

މަސީން ވަނީ ސައުދުﷲ ނިޔާވުމާ ގުޅިގެން ކޮންސްޓަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ކޮންސްޓަރްކްޝަން އިންޑަސްޓްރީއަށާއި ސާސް ކޮންސްޓްރަކްޝަން ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުންނާއި ސައުދުﷲގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފި އެވެ. 

ސައުދުﷲ އަކީ މީގެ އަހަރުތަކެއް ކުރިން މަސީގެ މެންބަރު ކުންފުނިތައް ކަމަށްވާ ރެއިންބޯ ކޮންސްޓްރަކްޝަންއާއި އައިމާ ކޮންސްޓްރަކްޝަނާއި އަމީން ކޮންސްޓްރަކްޝަންގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަން މަސީން ނެރުނު ތައުޒިޔާގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި އޭގެ ފަހުން ސައުދުﷲ އަކީ ސާސްއީ ކޮންސްޓްރަކްޝަން ކުންފުނީގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހިންގުންތެރިއެއްކަންވެސް މަސީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

ސައުދުﷲގެ ހިދުމަތްތަކުގެ ތެރޭގައި ސާކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީގައި އިމާރާތް ކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ މަސައްކަތްތައްފަދަ ބޮޑެތި މަސައްކަތްތައް ހިމެނެ އެވެ. 

ސައުދުﷲ އިސްވެ ހުންނަވައިގެން ހިންގާ ސާސްއީ ކުންފުންޏަކީ ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ފެނާއި ނަރުދަމާއާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ފާހަގަ ކުރެވެ އެވެ. 

ސައުދުﷲ ނިޔާވެފައިވަނީ އިއްޔެ ހަވީރު 16:40 ހާއިރު ފޭދޫފިނޮޅު ކައިރީގައި ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިރުއޮއްސި 18:30 ހާއިރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް