ads
ފޮޓޯ: އައިޖީއެމްއެޗް
ސިއްހީ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާ ކުރުމަށް ސްކޮލަޝިޕް ދެނީ
ސިއްހީ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާ ކުރުމަށް ސްކޮލަޝިޕާއި ލޯން ޕްރޮގްރާމްތައް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑު ކުރިކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށް ފޮނުއްވި ވީޑިއޯ މެސެޖުގަ އެވެ. 

ރައީސް ވިދާޅުވީ ރޭޑިއޭޝަން ތެރަޕިސްޓުންނާއި، މެޑިކަލް ފިޒިސިސްޓުންނާއި، ފާމަކޮލޮޖިސްޓުންނާއި، ޑައިލިސިސް ޓެކްނޮލޮޖިސްޓުން ފަދަ މަގާމުތަކުގައި މިވަގުތު ދިވެހިން ނެތް ކަމަށެވެ. މިއީ ފަންނީ ދާއިރާތަކެއް ކަމަށާއި މުސާރަ ބޮޑު ވަޒީފާތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

"ސިއްހީ ދާއިރާއިން މީހުން މަދު މިފަދަ ފަންނުތަކުން މީހުން ބިނާ ކުރުމަށް ސްކޮލަޝިޕާއި ލޯން ޕްރޮގްރާމްތައް ތައާރަފް ކުރުމަށްވެސް އަޅުގަނޑުމެން ވަނީ ނިންމާފައި،" - ރައީސް ސޯލިހް

މީގެ އިތުރުން ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކޮށްގެން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އިންޓާންޝިޕުގައި މަސައްކަތް ކުރާ މީހުންނަށް އެލެވަންސެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

ސަރުކާރުން އަންނަނީ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ސަރުކާރުން ވަނީ ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ސްކޮލަޝިޕަށް ހުޅުވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް