އޭސީ މިލާނާއި ރޯމާ ރޭ ކުޅުނު މެޗު އެއްވަރުވީ އިތުރު ވަގުތުގައި ފެނުނު ގޯލުތަކާ އެކު އެކެއް އެކަކުންނެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ރޯމާ އިން ވަނީ ލީޑުނަގައިފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން މިލާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަލެކްސިސް ސަލަމޭކާ އެވެ. ރޯމާގެ ލަނޑު ޖެހީ ރޯމާގެ ޓަމީ އަބްރަހަމް އެވެ.
މި ނަތީޖާއާ އެކު ހަތަރު ވަނައިގައި އޮތް މިލާނާއި ފަސް ވަނައިގައި އޮތް ރޯމާ އަށް ވަނީ 32 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގަ އޮތީ ނަޕޯލީއެވެ. އެއީ 31 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގަ އޮތީ ލާޒިއޯއެވެ. އެއީ 31 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ.