ads
ނަޕޯލީގެ ކުޅުންތެރިން
ނަޕޯލީއަށް ލީގު ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ
33 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ އުންމީދުގައި ނުކުތް ނަޕޯލީ އިން އާދިއްތަ ދުވަހުގެ ރޭ މޮޅު ނުވެވުމުން، ލީގު ޔަގީން ކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ނަޕޯލީ އެއްވަރުވީ ސެލާނިޓާނާއާ ކުޅެ އެއް ލަނޑު އެއް ލަނޑުންނެވެ. ނަޕޯލީ މޮޅުނުވިއިރު، ދެވަނައިގަ އޮތް ލާޒިޔޯ އާދިއްތަ ދުވަހުގެ ރޭ ވަނީ ބަލިވެފައެވެ. އެހެންކަމުން، ނަޕޯލީ މޮޅުވި ނަމަ 33 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ކަށަވަރު ކުރެވުނީހެވެ. 

ނަޕޯލީން އަށް ދެން އަނެއްކާވެސް ޖެހޭނީ ދެން އޮތް މެޗު ނަގާށެވެ. ނުވަތަ އެ މެޗުން އެއްވަރުކޮށްލައިގެންވެސް ލީގު ހޯދޭނެއެވެ. ބާކީ އޮތް ހަ މެޗުން ނަޕޯލީއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

އިޓާލިއަން ލީގު އެއްވަނައިގައި ނަޕޯލީ އޮތީ 32 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 32 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ހަ މެޗެވެ.

ނަޕޯލީ އިން މީގެ ކުރިން ވަނީ ދެ ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. އެއީ 1986/1987 އަދި 1989/1990 ސީޒަންގަ އެވެ. ދެ ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އެޓީމަށް ކުޅެނިކޮށެވެ. މަރަޑޯނާ 2020 ވަނަ އަހަރު މަރުވުމާ ގުޅިގެން އެ އަހަރު ނަޕޯލީގެ ދަނޑުގެ ނަން ވެސް ވަނީ ސްޓޭޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާގެ ނަމަށް ބަދަލު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް