ads
ބަޔާން - ހާތާ ބާލިން މެޗުގެ ތެރެއިން
ބަޔާން އަލުން އެއްވަނައަށް
ހާތާ ބާލިން، ބަލިކޮށް ޖަރުމަން ލީގުގެ އެއްވަނައަށް އަލުން ބަޔާން މިއުނިކް އަރައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް އަލުން އެއްވަނައަށް އެރީ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ހާތާ ބާލިން ބަލިކޮށްގެނެވެ. މި މެޗުން ބަޔާން މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައި، ބަޔާންއަށް ލީޑު ނަގާދިނީ ސާޖް ގެނާބްރީއެވެ. އަދި އޭގެ 10 މިނެޓް ފަހުން ބަޔާންގެ ދެވަނަ ލަނޑު ޖަހާދިނީ ކިންގްސްލޭ ކޯމަންއެވެ.

ހާތާ ބާލިން އަތުން ހޯދި ތިން ޕޮއިންޓާއެކު ބަޔާން އަލުން އެއްވަނައަށް އެރީ 30 މެޗުން 62 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޑޯޓްމުންޑް އޮތީ 61 ޕޮއިންޓާއެކުއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް