ads
ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވީއައިއޭގެ އެކި ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރަށް ލިބޭ ފައިސާއިން - ފޮޓޯ:ވީއައިއޭ
ސޮވެރިން ފަންޑަށް 301 މިލިއަން ރުފިޔާ ޖަމާކޮށްފި
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) އަށް 301.3 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި،

  • މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކޮށްފައިވަނީ 234.4 މިލިއަން ރުފިޔާ
  • މި އަހަރުގެ ބަޖެޓުގައި 871.4 މިލިއަން ރުފިޔާ ސޮވެރިން ފަންޑަށް ޖަމާކުރުމަށް ކަނޑައަޅާފައިވޭ

އެސްޑީއެފަށް މިދިޔަ އަހަރު 769.2 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރި ނަމަވެސް، އަހަރު ނިމުނު ފަންޑަށް 820.1 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

މި ފަންޑަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނަގާ ލޯނު ދެއްކުމުގެ ގާބިލުކަން ހޯދުމަށާއި ނަގާ ދަރަނި އަދާކުރުމުގައި އިގުތިސާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުން ކުރާ ފަރާތްތަކުގެ އަތުން ނެގޭ އެއާޕޯޓް ޑިވެލޮޕްމެންޓު ޗާޖް (އޭޑީސީ) އިންނާއި އެއާޕޯޓުގެ އެކި ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރަށް ލިބޭ ފައިސާއިންނެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް މި އަހަރު ގެނައި އިސްލާހާ އެކު، ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް