ads
2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗަށް ފަހު
އީގަލްސް ނުކުންނާނީ 2016 ގެ ހަނދާންތަކާއެކު
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް މެޗަށް މިރޭ ކްލަބު އީގަލްސް ނުކުންނާނީ، 2016 ވަނަ އަހަރުގެ ފައިނަލްގެ ނުކުންނާނީ 2016 ވަނަ އަހަރު ހޯދި ކާމިޔާބީ އަލުން ތަކުރާރު ކުރުމުގެ އަމާޒުގައި ކަމަށް ކުލަބު ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕުގައި 2016 ވަނަ އަހަރު ފައިނަލުގައި ޓީސީއާ ވާދަކޮށް ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕު ހޯދާފައެވެ. އޭރުވެސް އީގަލްސްގެ ކޯޗަކަށް ހުރީ މިހާރުވެސް އެ ޓީމުގެ ކޯޗަކަށް ހުރި އިހްސާން އަބްދުލްޣަނީ – ސާންތީއެވެ.

މިރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗުގެ ޕްރީމެޗު ޕްރެސް ކޮންފަރެންސްގައި ކްލަބުގެ އީގަލްސްގެ ފަރާތުން ބައިވެރިވި ކްލަބުގެ މެނޭޖަރު އިނާން އަލީ ބުނީ، މަސައްކަތް ކުރާނީ 2016 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމަށް ކަމަށެވެ.

އަޅުގަނޑުމެން ވަރަށް އުންމީދުގައި މިތިބީ ފައިނަލް މެޗާ ދޭތެރޭގައި. އަޅުގަނޑުމެން ހަމަ ވަރަށް މަސައްކަތް ކުރާނަން ތިން ވަނަ ފަހަރަށް އަޅުގަނޑުމެން ފައިނަލަށް ދިޔަ. އެހެންވީމާ ދެހާސް ސޯޅައިގެ ކާމިޔާބީ ތަކުރާރު ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް އީގަލްސް ދިޔައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްގެނެވެ. ބުރާ އީގަލްސްގެ މެޗުން އީގަލްސް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. އީގަލްސް މޮޅިވީ ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރުވުމުން އިތުރު ވަގުތު ކުޅެގެންނެވެ. 

މިއީ، އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭނެ ތިން ވަނަ ފަހަރެވެ. އީގަލްސްއިން އެންމެ ފުރަތަމަ ޕްރެޒިޑެންޓްސް ކަޕިގެ ފައިނަލް ކުޅުނީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި އީގަލްސް ބަލިވީ ނިއުރޭޑިއަންޓް އަތުންނެވެ. އޭގެ ފަހުން އީގަލްސް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދިޔައީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު ޓީސީއާ ކުޅެ އީގަލްސްއިންވަނީ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕު ހޯދާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް