ads
އޮލިމްޕަސް ސިނަމާ
ތަހުޒީބު ވާނީ ކޮން ދުވަހަކުން؟
ދިވެހިންނަކީ ޒަމާނުއްސުރެ ސާފްތާހިރު ކަމަށް ލޯބިކުރާ ސާފްތާހިރު ބައެއް ކަމަށް ދައުވާ ކުރެއެވެ. ނަމަވެސް މިހާރަކަށް އައިސް ފެންނަ މަންޒަރުތަކުން މިއީ ތެދެއް ކަމަށް އެއްބަސްވެވޭކަށް ނެތެވެ.
Advertisement

މިދާކަށް ދުވަހު އަޅުގަނޑުމެންނަށް ސަރުކާރުގެ ބޮޑު ބަޖެޓަކުން ހަރަދުކޮށް ޒަމާނީ ފެންވަރަށް ނުހަނު ރީތިކޮށް ހަދާ ނިންމުމަށްފަހު ބޮޑު ރަސްމިއްޔާތަކުން ހުޅުވައި ދެއްވި އޮލިންޕަހަށް ޒިޔާރަތް ކުރައްވާ ހިދުމަތް ހޯއްދަވާ ބައެއް ފަރާތަކުގެ އަމަލުތައް ހުންނަ ގޮތުން ހިތާމަ ކުރަން ޖެހެއެވެ. 

ވަރަށް ފަހަކުން އަޅުވާފައި އޮތް ފިލްމެއް ބަލާލަން ފުރުސަތު ލިބި އެތަނައް އަޅުގަނޑުވެސް ދިޔައީމެވެ. ވަރަށް ރީތި ފިލްމެކެވެ. ވަރަށް ގަޔާވެ އިނދެ ފިލްމު ބަލާ ނިންމާލުމަށް ފަހު ނިކުންނަން ހިނގައިގަތް ވަގުތު ގޮނޑިތަކުގެ ތަންދޮށުން ފިނިއެއްޗެއްގައި ފައި ޖެހުމުން ގުދުވެ ބަލާލިއިރު ފެން ފުޅިއެކެވެ. ތަނައް ނަޒަރު ހިންގާލި އިރު ޕޮޕްކޯންތަކާއި ޕޮޕްކޯން ބާލިދީ ތަކާއި ފެންފުޅިޔާ ހުސްކޮށްފައި ހުރި އެކި ވައްތަރުގެ ދަޅުތައް އޮލިމްޕަހުގެ އެކި ދިމަދިމާލުން ފެނުނެވެ.

your imageއޮލިމްޕަސް އެތެރެ

ކޮންމެ އަކަސް ޕޮޕްކޯންގެ ހުދު ދޫލަ މަތިން ހިނގާފައި ބޭރަށް ނިކުންނަން އައި ވަގުތުގައި އުފެދުން ސުވާލަކީ މިއީ އަޅުގަނޑުމެން މި ކިޔާ ތަހުޒީބު ބާވަ؟ އެވެ. ނުވަތަ މިކަން މިގޮތައް މިވަނީ ކުނި އަޅާ އެއްޗެއް އޮލިމްޕަހުގެ އެއްވެސް ސަރަހައްދެއްގައި ހަމަ ނެތިގެން ބާވަ؟ އެވެ.  ނުވަތަ މިހާ ރީތިކޮށް ފެންވަރު ރަނގަޅުކޮށް ހަދާ ރައްޔިތުން ވަރަށް އިއްޒަތްތެރި ކަމާއެކީ މުނިފޫހި ފިލުވާލާ މަޖާކޮށް ހިތްހަމަ ޖައްސާލުމަށް ތަނެއް ދިނުމުން ސަރުކާރަށް ޝުކުރު އަދާ ކުރާ ގޮތަކީ މިއީ ބާވަ؟ އެވެ. 

ދަންނަވަންތޯ؟ އެވެ. ސާފް ކުރަން މީހުން ތިބި ކަމުގައި ވިޔަސް މިގޮތައް އެތަން މިތަނަށް އެއްޗެހި އުކުމުން އެނގެނީ ތިމާމެންގެ ނާތަހުޒީބު ކަމެވެ. ތިމާ ކާން ގެންގުޅުން ޕޮޕްކޯން ވަށްޓާއި ހުސްކުރި ދަޅާއި ފެންފުޅި ކުނިވަށިގަނޑަށް ވައްޓާލުމަކުން ތިމާގެ ހައިބަތާއި ގަދަރަކަށް އުނިކަމެއް ނާންނާނެ އެވެ. ނުވަތަ އެކަމަށް ވަގުތު ތަކެއް ނުވެސް ނަގާނެމެއެވެ.

ތަހުޒީބަކީ އަތުގައި އެންމެ ފަހުގެ ފޯނާއި އަގުބޮޑު ސައިކަލާއި ކާރު އޮތުމެއް ނޫނެވެ. 

ދިވެހިން މިއަށް ވުރެ ވިސްނޭ، ތަހުޒީބު ބަޔަކަށް ވަނީ ކޮން އިރަކުން ބާއޭ އަޅުގަނޑު ހިތައް އަރައެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް