ޒަރީރުއަށް ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާއަށް ހަމަލާދީ ޒަހަމްކޮށްލި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލާ ކަމަށެވެ.
ޒަރީރުއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.
ޒަރީރުއަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ފަތިހު 05:08 ހާއިރު އެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެނުން ގެންދާކަމަށާއި އޭނާއަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވޭ އެއްޗެއް ބޭނުންކޮށްގެން ކަމަށް ބުނުމުގެ އިތުރުން ފުލުހުން އެހެން މައުލޫމާތެއް ނުދެއެވެ.
ފުލުހުން ބުނީ މިމާރާމާރީގެ މައްސަލަ ބަލަމުން ގެންދާކަމަށެވެ. ނަމަވެސް މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.