ads
ރާއްޖޭގެ ރަށެއްގެ މަންޒަރެއް
ކަންމަތީ ފިހާރައަކަށް މަހަކު 100 ރުފިޔާ ދެއްކުމުގެ ހުކުމެއް
އުތުރުގެ ރަށެއްގައި ކަންމަތީ ފިހާރައަކުން ދަރަންޏަށް ނަގާފައިވާ 2000 އެއްހާ ރުފިޔާ ނުދައްކައިގެން މަހަކު 100 ރުފިޔާގެ މަގުން އެ ފައިސާ ދައްކާ ހަލާސްކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހާދިސާއަކީ އުތުރުގެ ރަށެއްގައި 2018 ވަނަ އަހަރުން ފެށިގެން، އުމުރުން 33 އަހަރުގެ އަންހެނަކު ދަރަންޏަށް، ކަންމަތީ ފިހާރައަކުން ނަގާފައިވާ މުދަލަށްވާ 1920 ނުދައްކައިގެން އެ ފިހާރައިގެ ވެރި ފަރާތުން ދައުވާ ކުރި މައްސަލައެކެވެ. 

ފިހާރައިގެ ވެރިފަރާތަކީ މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 70 އިން މަތީގައި އުޅޭ ފިރިހެނެކެވެ.

މި މައްސަލައިގައި އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވާތީ ދެއްކޭނީ މަހަކު އެންމެ 30 ރުފިޔާ ކަމަށެވެ. އެކަމާ ގުޅިގެން ފިހާރައިގެ ވެރި ފަރާތުން ފުރަތަމަ އެ ގޮތަށް އޯކޭވީ ނަމަވެސް ފަހުން އޭނާ ބުނެފައިވަނީ މަހަކު އެންމެ 30 ރުފިޔާ ދައްކާނަމަ ފައިސާ ދައްކާ ހަލާސް ކުރަން ވަރަށް ދުވަސްވާނެ ކަމަށެވެ. އެހެންނަމަވެސް އަންހެން މީހާ ބުނީ އޭނާއަށް އެއަށްވުރެ ބޮޑު އަދަދެއް ނުދެއްކޭނެ ކަމަށެވެ. އެ

ޝަރީއަތުން ނިންމީ މަހަކު 100 ރުފިޔާ ދެއްކުމަށެވެ. އަދި މަހަކު 100 ރުފިޔާއަކީ ނުދެއްކޭވަރުގެ ބޮޑު އަދަދެއް ނޫން ކަމަށް ޝަރީއަތުން ނިންމިއެވެ. މައްސަލަ ބެލި އެ ރަށުގެ އިސް މެޖިސްޓްރޭޓް ނިންމާފައިވަނީ މަހަކު 100 ރުފިޔާ ކޯޓަށް މެދުވެރިކޮށް ދައްކައި ހަލާސް ކުރުމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް