ads
އަތުލައިގަނެވުނު ޑްރަގްސް. ފޮޓޯ: ކަސްޓަމްްސް
ޕޯސްޓުން ގެނައި މަސްތުވަތާތަކެތީގެ މައްސަލަ ސާބިތު ނުވި
ޕޯސްޓުން ގެނައި ކިލޯއެއްހާ ބަރުދަނުގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފިއެވެ.
Advertisement

މީގެ އަހަރެއްހާ ދުވަސް ކުރިން، ޑީއެޗްއެލް މެދުވެރިކޮށް ޕޯސްޓުން ގެނައި ޕާރުސަލެއްގައި ހުރި ބެޑްޝީޓްތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ގާތްގަނޑަށް ކިލޯއެއްގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރި ތިން ދިވެހިންގެ މައްޗަށެވެ. އެއީ އެތަކެއްޗާ ހަވާލުވި މީހާ އާއި އެ މީހާ ގާތު، އެތަކެއްޗާ ހަވާލުވާން ދާން އެދުނު ކަމަށް ބުނާ މީހާ އާއި އަދި ދެވަނަ މީހާ ގާތު އެތަކެއްޗާ ހަވާލުވާން އެދުނު މީހާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ކުރި ހުކުމުގައިވަނީ އެ ޕާރުސަލާ ހަވާލުވާން ދިޔަ މީހާ އެތަނަށް ދިޔައީ ދައުވާލިބުނު ދެވަނަ މީހާ އެދިގެންކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ދެވަނަ މީހާ އެގޮތަށް އެދިފައިވަނީ ދައުވާލިބުނު ތިން ވަނަ މީހާގެ އެދުމުގެ މަތިން ކަމަށާއި އަދި ތިން ވަނަ މީހާ އެގޮތަށް އެދިފައިވަނީ ބިދޭސީއެއްގެ އެދުމުގެ މަތިންކަން ހެކިތަކުން އެނގޭއިރު، ތަހުގީގު މަރުހަލާގައި ވެސް އެ މީހުން އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ އަމަލީ މަސައްކަތްކުރީ ކާކުކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. ޕޯސްޓުން އެތެރެކުރާ ކޮންމެ ޕާރުސަލަކާ ހަވާލުވާން ދާ މީހުންނަކީ އޭގައި މަސްތުވާއެއްޗެއް ހުރިކަން އެނގޭނެ ބައެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް