ads
މާޒިޔާގެ ކެޕްޓަނާ ރައީސް ތަށި ހަވާލު ކުރައްވަނީ
ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން މާޒިޔާއަށް
ކްލަބް އީގަލްސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފިއެވެ.

މާޒިޔާ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ ފައިނަލްގައި އަންގާރަ ދުވަހުގެ ރޭ ދެ ލަނޑު ސުން ލަނޑުން އީގަލްސް ބަލިކޮށްގެނެވެ. މިއީ މާޒިޔާއިން މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މާޒިޔާއިން މުބާރާތް ފުރަތަމަ ކާމިޔާބު ކުރީ 2015 ވަނަ އަހަރު އެވެ.

ފައިނަލް މެޗުގައި މާޒިޔާއިން ޖެހި ދެ ލަނޑުވެސް ޖެހީ އައިސަމްއެވެ. އެއީ ފުރަތަމަ ހާފުގެ ފަހުކޮޅު އެއް ލަނޑު އަދި ދެވަނަ ހާފުގެ ފަހުކޮޅު އަނެއް ލަނޑެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އައިސަމްއެވެ.

މިއީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގެންނެވި ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗެވެ. ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު މި މުބާރާތް ނުބާއްވާއިރު މި ދިޔަ އަހަރުގެ މުބާރާތަށް ވަޑައިގެންނެވީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.

މިއީ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ 69 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1946 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް