ads
އެމްއެފްޑީއޭއިން ބޭނުން ކުރުން މަނާ ކުރި ކޯފް ސިރަޕް
އިންޑިއާގެ ކޯފް ސިރަޕެއް ބޭނުން ނުކުރަށް އަންގައިފި
އިންޑިޔާގެ ކުންފުންޏަކުން އުފައްދާ ކޯފް ސިރަޕެއް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިއްހަތަށް ނުރައްކާވާ ދެ މާއްދާއެއް ހިމެނޭތީ، އިންޑިއާ ކުންފުންޏެއް ކަމަށްވާ ކިއުޕީ ފާމަޗެމް ލިމިޓެޑް ކުންފުނިން އުފައްދާ "ގުއައިފެނެސިން ސިރަޕް" ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. 

އެމްއެފްޑީއޭއިން މި ބޭސް ބޭނުން ނުކުރުމަށް އަންގާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނެރުނު އެލާޓަކާއި ގުޅިގެންނެވެ. 

މީގެ ކުރިންވެސް ޑަބްލިއުއެޗްއޯއިން ވަނީ އިންޑިއާގެ ބައެއް ކުންފުނިތަކުން އުފައްދާފައިވާ ކޯފް ސިރަޕް ބޭނުން ނުކުރުމަށް އަންގާ އެލާޓް ނެރެފަ އެވެ. 

ޑަބްލިއުއެޗްއޯއިން މި ބޭސް ބޭނުން ނުކުރުމަށް އަންގާފައި މިވަނީ މި ބޭހުގައި ސިއްހަތަށް ނުރައްކާވާ މާއްދާތަކެއް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ވަރަށް ގިނަ އަދަދަކަށް ހިމެނޭތީ އެވެ. 

"ގުއައިފެނެސިން ސިރަޕް" އަކީ ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ނުހިމެނޭ ބޭހެކެވެ. ނަމަވެސް އެމްއެފްޑީއޭއިން ބުނީ ބޭސް ސިޓީއަށް މި ބޭސް އިމްޕޯޓް ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. 

އެމްއެފްޑީއޭއިން ބުނީ ބޭސް ސިޓީއަށް ބޭސް އިމްޕޯޓް ކުރާއިރު މިކަމަށް ފަރުވާތެރިވާން އިލްތިމާސް ކުރާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުން ބަލައިފާސް ކުރާނެ ކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް