ads
އެސްޑީއެފްސީ އޮފީސް: ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެދި ލޯނަށް ހުށަހަޅާ ޕޯޓަލް އަޕްގްރޭޑްކޮށް، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އަލުން ހުޅުވާލާފައި - ފޮޓޯ:ސީއެންއެމް
އެސްއެމްއީ ޕޯޓަލް އަޕްގްރޭޑްކޮށް، ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެދި ލޯނަށް ހުށަހަޅާ ޕޯޓަލް އަޕްގްރޭޑްކޮށް، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަލުން ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ބުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ކަސްޓަމާ ސާވިސް ޕޯޓަލް ލޯންޗް ކުރުމާ އެކު މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާ ރާއްޖޭގެ ފުރަތަމަ މާލީ އިދާރާއަށް އެ ކޯޕަރޭޝަން ވެގެން ދިޔަ ކަމަށެވެ. މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އެ ކޯޕަރޭޝަނުން 1،387 ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް އެސްޑީއެފްސީން ބުނެއެވެ. އެސްޑީއެފްސީން ބުނެފައިވަނީ އެއީ 1.67 ބިލިއަން ރުފިޔާ ކަމަށެވެ.

އެސްއެމްއީ ޕޯޓަލް އަޕްގްރޭޑްކޮށް މިއަދު އާ ޕޯޓަލް އިފްތިތާހު ކުރުމާ އެކު ދަނޑުވެރި ނަފާ އަދި ކަނޑުފަޅު ނަފާ ލޯނުގެ އިތުރުން ފަށާ ވިޔަފާރި، ވިޔަފާރި ތަރައްގީ، ހަރުމުދާ، ވިޔަފާރި އެހީ އަދި ރަށުފަތުރު ލޯނުތަކަށް އެދި ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެސްޑީއެފްސީން ބުނި ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، އަޕްގްރޭޑްކޮށްފައިވާ އެސްއެމްއީ ޕޯޓަލުން މިހާރު ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓު ބެލުމާއި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާ އެކު ލޯނާ ގުޅޭގޮތުން އެކި ކަންކަމުގައި އެހީތެރިކަން ލިބޭނެ ކަމުގައެވެ. އެގޮތުން އެޕޮއިންޓްމަންޓު ހަމަޖެއްސުމާއި މައުލޫމާތު ސާފުކުރުުމާއި އެއްތަނަކުން ލޯނާ ގުޅޭ ހުރިހާ ލިޔެކިއުންތަކާއި ކަސްޓަމަރުންގެ މައުލޫމާތު ބެލެހެއްޓޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

އެސްޑީއެފްސީން ބުނެފައިވަނީ އެ ކަސްޓަމަރު ހިޔާރު ކުރާ އެންމެ އެކަށޭނެ ލޯނެއް ދެނެގަތުމަށް އެހީތެރިވެދޭ ލޯން ޕްރޮޑަކްޓް ވިޒާޑެއް ގާއިމުކޮށް، ޕޯޓަލްގެ ނެވިގޭޝަން ފަސޭހަ ކުރުމަށް 'ސާޗް' ފީޗާއެއް ވެސް ތައާރަފުކޮށްފައިވާ ކަމަށެވެ.

އެސްޑީއެފްސީއަކީ ލުއި އިންޓްރެސްޓް ރޭޓެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން ލޯނުު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ފަށާ ވިޔަފާރި، ވިޔަފާރި ތަރައްގީ، ހަރުމުދާ، ވިޔަފާރި އެހީ، ރަށުފަތުރު، ދަނޑުވެރި ނަފާގެ އިތުރުން ކަނޑުފަޅު ނަފާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް