ads
ސަން ސިޔާމް އަދި ޔާމީން
ޔާމީނާ ދެކޮޅަށް ހެއްކަކަށް ސަން ސިޔާމް
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި، ޔާމީނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު – ސަން ސިޔާމް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމްގެ ހެކިބަސް ނެގުން އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ. ޔާމީނާ ދެކޮޅަށް ދައުލަތުން ސިޔާމް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުމެއް ހުށަހަޅަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ހުށަހެޅުންތައް މާދަމާ ހެނދުނު 10 ގެ ކުރިން ހުށަހަޅަން ޝަރިއަތުންވަނީ އަންގާފައެވެ.

މިހާރު ވެސް ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު ގަބޫލުފުޅު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ.  

މި މައްސަލައިގައި ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް އިތުރު ކްރިކް ރިޒާގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.

މި މައްސަލަލައިގައި މިއަދު ކޯޓުގައި އޮތީ އިފްތިތާހީ ބަޔާން ހުށަހެޅުމެވެ. އިފްތިތާހީ ބަޔާން ހުށަހަޅަމުން ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީނަށް ލިބިވަޑައިގަތް 1.1 މިލިއަން ޑޮލަރަކީ ސަން ކުންފުނީގެ ވެރިޔާ އަދި ސަން ސިޔާމް އަތުން ޑޮލަރު ގަތުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ. ޑޮލަރަށްވާ ދިވެހި ރުފިޔާ ސިޔާމާ ހަވާލު ކުރެއްވިކަން ހެކިތަކުން ސާފުވާނެ ކަމަށާއި އެއީ ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލެއް ނޫންކަން ޔާމީންގެ ވަކީލުންގެ ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން މިއަދު ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެއްސިޔަސް، މިހާރު ވަނީ ހެކިބަސް ނެގުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފަ އެވެ.

31%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
69%
ވަރަށް ސަލާމް
ކޮމެންޓްސް