
ދުނިޔެގެ އެންމެ މުސާރަ ބޮޑު އެތްލީޓުގެ މަގާމު ރޮނާލްޑޯއަށް ލިބުނީ، އޭނާ ސައުދީ އަރަބިއްޔާގެ އަލްނަސްރަށް ބަދަލުވުމުންނެވެ. މެންޗެސްޓަ ޔުނައިޓެޑުގެ ކޮންޓްރެކްޓް ބާތިލުކޮށް އަލް ނަސްރަށް ބަދަލުވުމާއެކު ރޮނާލްޑޯއަށް ކުރިން ލިބެމުން އައި މުސާރައިގެ ދެގުނައަށްވުރެ ބޮޑު އެއްޗެއް މިހާރު ލިބެއެވެ.
ފޯބްސްއިން ބުނި ގޮތުގައި އަލްނަސްރުން ރޮނާލްޑޯއަށް ދޭ ކުޅުމުގެ މުސާރައިގެ 75 މިލިއަން ޕައުންޑްގެ އިތުރުން އެހެނިހެން ކޮމާޝަލް މަންފާތަކާއެކު އަހަރަކު ރޮނާލްޑޯއަށް 136 މިލިއަން ޕައުންޑް ލިބޭނެއެވެ. ފޯބްސްގެ އެންމެ މުއްސަނދި އެތްލީޓުންގެ ލިސްޓުގެ އެއްވަނަ 2017 ވަނަ އަހަރުގެ ރޮނާލްޑޯއަށް ލިބުނެއެވެ. އެހެންނަމަވެސް އޭގެ ފަހުން އަނެއްކާ ދެވަނަ ފަހަރަށް އެ މަގާމް ރޮނާލްޑޯއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
ފޯބްސްގެ އެންމެ އަގުބޮޑު އެތްލީޓުންގެ ލިސްޓުގެ އެއްވަނައިގަ ރޮނާލްޑޯ އުޅޭއިރު އެ ލިސްޓުގެ ދެވަނަ ލިބެނީ ރޮނާލްޑޯގެ ޒަމާންވީ ވާދަވެރިޔާ މެސީއަށެވެ. ލިސްޓުގެ ތިންވަނައިގަ ޕީއެސްޖީގެ އެމްބާޕޭ ހުރިއިރު ދެން ހުރީ ބާސްކެޓް ކުޅުންތެރިޔާ ލެބްރޯން ޖޭމްސްއެވެ. މި ލިސްޓުގައި ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާވެސް ހިމެނެއެވެ.