ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައިވާއިރު މާލޭ މާލޭ ސިޓީ ކައުންސިލުން 50،000 ގެއަށް ކޮތަޅު ހިލޭ ބަހަން ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލޭގެ ގޭބިސީތަކަށް ކޮތަޅު ބަހަން ނިންމީ ސަރުކާރުން ކޮތަޅުން ޓެކްސް ނަގަން ފަށުމުން ގިނަ ބައެއްގެ މަޝްވަރާގެ މަތިން ކަމަށެވެ.
ނަމަވެސް ކޮތަޅު ބަހާނެގޮތެއް ސިޓީ ކައުންސިލުން އަދި ނުނިންމައެވެ.
ކުނިމެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށުމުން ކޮތަޅުގެ އަގު ބޮޑުވެ ބައެއް ބާވަތްތަކުގެ ކާބޯތަކެތީގެ އަގުވެސް ވަނީ ބޮޑުވެފައެވެ. އެއާއެކު އާއްމުންގެ ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.