ads
މިނިސްޓަރު އިމްރާން މިއަދު މާފުށީ ޖަލުގައި
މިނިސްޓަރު އިމްރާން ކުއްލިއަކަށް ޔާމީން ހުންނަވާ ޔުނިޓަށް ޖަލަށް!
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުއްލިއަކަށް މާފުށީ ޖަލަށް ވަޑައިގަންނަވައިފި އެވެ.

މޯލްޑިވްސް ކަރެލްޝަނަލް ސާވިސްއިން ބުނީ މިނިސްޓަރު އިމްރާން އަދި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅު މިއަދު މާފުށީ ޖަލަށް ވަޑައިގެންނެވީ ޖަލުގައި އަލަށް ހަދަމުންދާ ޔުނިޓްތަކުގެ މަސައްކަތް ބެއްލެވުމަށާއި ރައީސް ޔާމީން ހުންނަވާ ޔުނިޓްގެ ހާލަތު ބެއްލެވުމަށް ކަމަށެވެ.

"މާފުށި ޖަލުގައި އިމާރާތް ކުރަމުންގެންދާ އައު ޔުނިޓްގެ މަސައްކަތް ކުރިއަށްދާގޮތާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހުންނަވާ ޔުނިޓްގެ ހާލަތު މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ބެއްލެވި" - ކަރެކްޝަންސް

ރައީސް ޔާމީން ހުންނަވާ ޔުނިޓްގެ ހާލަތު މިނިސްޓަރު އިމްރާން މިއަދު ބެއްލެވިއިރު ރައީސް ޔާމީންގެ ކަރާމަތަށް އުނިކަން އަންނަގޮތަށް، ރައީސް ޔާމީން ހުންނަވާ ގޮޅީގެ ފާހާނާގައި ކެމެރާ ހަރުކޮށްފައި ހުންނަކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް ކަރެކްޝަނަލް ސާވިސްއިންވަނީ އެކަން ދޮގުކޮށްފައެވެ. ކަރެކްޝަނުން މިއަދު ބުނީ ރައީސް ޔާމީންގެ ކަރާމަތަށް ގެއްލުންވާގޮތަށް އެއްވެސް ތަނެއްގައި ކެމެރާ ހަރުކޮށްފައި ނުވާކަމަށެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ ވ އާރަށުގެ މައްސަލާގައި ހިޔާނާތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް