ads
މެސީ އަދި ނޭމާ
މެސީ އާއި ނޭމާއާ ދެކޮޅަށް މުޒާހަރާ!
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ބްރެޒިލްގެ ނޭމާ ކްލަބް ދޫކޮށްލަން ގޮވާލައި ޕީއެސްޖީގެ ސަޕޯޓަރުން މަގުތައް މައްޗަށް ނުކުމެ އަޑު އުފުލަން ފަށައިފިއެވެ.

ހުއްދަ ނެތި ސައުދީއަށް ފުރި މައްސަލައިގައި ޕީއެސްޖީން މެސީ ސަސްޕެންޑްކޮށްފައިވާއިރު. ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ކްލަބުގެ މައި އިދާރާ ދޮށަށް އެއްވެ މެސީއަށް ނިސްބަތްކޮށް ހަޅެއްފަޅޭއްލަވައި މެސީ އާ ނޭމާ ކްލަބުން ދޫކޮށްލަން ގޮވާލާ މުޒާހަރާކޮށްފައެވެ. އެކަމަކު ކްލަބުންވަނީ ފަހުން އެ މުޒާހަރާތައް ކުށްވެރިކޮށްފައެވެ.

ކްލަބުގެ ހުއްދަ ނެތި ސައުދީއަށް ގޮސްފައިވާތީ ޕީއެސްޖީން މެސީ ދެ ހަފްތާއާށް ސަސްޕެންޑްކޮށްފައިވަނީ މި ހަފްތާގައެވެ. ޕީއެސްޖީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑް ކުރުމާއި އެއްވަނަ ޓީމާއެކު ޕްރެކްޓިސް ކުރުންވެސް މަނާކޮށްފައިވެއެވެ. އަދި އެ މުއްދަތަށް މެސީގެ މުސާރައިންވެސް ކަނޑާނެ އެވެ. މެސީއާ ކްލަބާމެދު ގުޅުން ގޯސްވެފައިވާއިރު، މެސީ ދެން ޕީއެސްޖީއަށް ނުކުޅޭނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރެވެ. ނިމިދިޔަ ވޯލްޑް ކަޕަށް ފަހު އިތުރު އަހަރަކަށް ކްލަބުގައި މަޑުކުރަން އޭނާ އަނގަބަހުން އެއްބަސްވި ނަމަވެސް ކްލަބާއި ކުޅުންތެރިޔާ ވެސް މިހާރު ކޮންޓްރެކްޓް އާކުރާކަށް ބޭނުމެއް ނުވެ އެވެ.

މެސީއާ ކުލަބާ މެދު ގުޅުން ގޯސްވެފައިވާއިރު، އަނިޔާގެ ސަބަބުން ނޭމާ އަށް ވަނީ ފެބްރުއަރީ މަހު ސީޒަން ނިމިފައެވެ. އޭނާ އަންނަނީ އޮޕަރޭޝަނެއްކޮށް ފަރުވާ ހޯދަމުންނެވެ.

13%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް