ads
މެސީ
ޕީއެސްޖީ ސަޕޯޓަރުން ރުޅިގަދަވެ މެސީއާ ދިމާކޮށްލަން ރާވަނީ
މެސީއަށް ދޭ ބޮޑު މުސާރައާ އެއްވަރު ކުޅުމެއް ނުކުޅޭ ކަމަށާއި ޗެމްޕިއަންސް ލީގުން ކެޓީ މެސީއާ ހެދި ކަމަށް ބުނެ، ޕީއެސްޖީގެ ސަޕޯޓަރުންގެ ގްރޫޕަކުން މެސީއާ ދިމާކުރަން ތައްޔާރުވެއްޖެއެވެ.
Advertisement

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީވަނީ ޖަރުމަނުގެ ބަޔާން އަތްދަށުގެ ކުއާޓާ ފައިނަލާ ހިސާބަށް ނުގޮސް ކަޓާފައެވެ. މި ކަމާ ހިތްހަމަ ނުޖެހި ތިބި ޕީއެސްޖީ ސަޕޯޓަރުންގެ ގްރޫޕަކުން އާދިއްތަ ދުވަހު ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅޭ މެޗުގައި މެސީއާ ދިމާކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. 

މެސީއަށް ދޭ މުސާރައާ އެއްވަރު ކުޅުމެއް އޭނާގެ ފަރާތުން ކްލަބުގައި ނުފެނޭ. އެ ވަރަށް މަސައްކަތް ނުކުރެވޭތީ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓީ. ޗެމްޕިއަންސް ލީގުން ކެޓުމުގެ ޒިންމާ މެސީ ނަގަން ޖެހޭނެ. އޭނާއަކީ މި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއަށްވާއިރު އޭނާގެ ފަރާތުން ދަނޑުމަތީގައި އެކަމެއް ނުފެނޭ. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.
 

ހަތް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ފްރީ ޓްރާންސްފައެއްގައި ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އަންނަ ޖޫން އަށް މެސީގެ ކޮންޓްރެކްޓް ޕީއެސްޖީއާއެކު ހަމަވާއިރު ކޮންޓްރެކްޓް އާ ކުރުމާމެދު އަދި ކްލަބާ މެސީއާއެކު އެއްބަސްވުމަކަށް ނާދެވެއެވެ.

 
ރިޕޯޓްތައް ބުނާ ގޮތުން ވޯލްޑްކަޕް ތަށި ލިބުމަށް ފަހު ހުރިހާ ކަމެއް ބަދަލުވެ މެސީވެސް ޕީއެސްޖީގައި މަޑު ކުރާކަށް މިހާރަކު ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކައެވެ. 

ޕީއެސްޖީގެ ސަޕޯޓަރުންގެ ގްރޫޕަކުން މެސީއާ ދިމާކުރަން ނިންމި ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދަން ރާވާފައިވަނީ ކިހިނެތް ކަމެއް އަދި ނޭނގެއެވެ. އަދި ޕީއެސްޖީގެ މެނޭޖްމެންޓުން އެކަން ހުއްޓުވާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ސާފެއް ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. 

މެސީއާ މެދު ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ނުރުހުންވެފައިވާއިރު، ކޮންމެ އަގެއް ދީފައިނަމަވެސް ޖޫން ޓްރާންސްފާގައި މެސީގެ ސޮއި ހޯދަން ސައުދީގެ އަލް ހިލާލްއިންވަނީ ތައްޔާރުވެފައެވެ. 

67%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް