ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ސަރުކާރާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުންނަށް ރަނގަޅުގޮތަކީ ވަކިވުން: ތަރުޖަމާނު
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުނަށް އެންމެ ރަނގަޅުގޮތަކީ އަމިއްލަފުޅަށް މަގާމުން ވަކިވުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު މިއުވާން ވިދަޅުވީ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރާއެކު މަސައްކަތް ނުރުރެވޭނެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން ވަކިވުން ކަމަށެވެ.

"ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުންނަށް ސަރުކާރުން ވަކިވުމުގެ ފުރުސަތު އޮންނާނެ، ދެން އެބޭފުޅުނަށް ސަރުކާރާއެކު މަސައްކަތް ނުކުރެވި ރައްޔިތުންނަށް ދޭ ހިދުމަތް ދިނުމަށް ދަތިވާކަމުގައިވާނަމަ ނުވަތަ ރައްޔިތުންނަށް އޭގެ ސަބަބުން އެއްވެސް ދައްޗެއް ވާނަމަ އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ" - ތަރުޖަމާނު

މީގެއިތުރުން ޗާގޯސް މައްސަލާގައި އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްއާއި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މައްސަލާގައި ނޫސްވެރިއަކު ދެންނެވި ސުވާލަށްވެސް މިއުވާން ދެއްވީ ހަމަ މިޖަވާބެވެ.

މިއުވާން ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވަމުން ދިޔަވަރަކަށް އެކަހަލަ ކަންކަން ފެންނާނެ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ވާދަކުރެއްވުމަށް ނިންމަވާފައެވެ. އަދި މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން އަންނަ ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެގޮތެއް އަދި ނުނިންމައެވެ.

ސަރުކާރާ ހިޔާލު ތަފާތުވާ ބައެއް ބޭފުޅުން މިހާރުވެސް މަގާމުތަކުން ވަކިކޮސްފައިވާއިރު، ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވި ބައެއް ބޭފުޅުން މިހާތަނަށްވަނީ އެބޭފުޅުން ނިސްބަތްވާ ޕާޓީ ދޫކުރައްވާ ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން އިއުލާނުވެސް ކުރައްވާފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް