ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މި މައްސަލައާއި ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީ ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސައީދުލް އިސްލާމް (29އ) އެވެ.
މި މައްސަލައާއި ގުޅޭ ތަހުގީގަށް މެއި 11، 2023 ވަނަ ދުވަހުގެ 10:00 އަށް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާ އަންގާފަ އެވެ.
އޭނާ ހޯދަމުން ދަނީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.