ads
އާބަންކޯގެ ފުރަތަމަ މެޗުގެ ތެރެއިން
އާބަންކޯ ދެވަނަ މެޗުންވެސް މޮޅުވެއްޖެ
މިހާރު ކުރިއަށްދާ އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި އާބަންކޯ އިން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.

އާބަންކޯގެ ދެވަނަ މެޗުގައި އެ ޓީމު މޮޅުވީ އެއާޕޯޓްސް ކޮމްޕެނީ އަތުން ސީދާ ތިން ސެޓުންނެވެ. އެއީ 25-16، 25-13 އަދި 25-19 އިންނެވެ. އެމްއޭސީއެލް ވަނީ ފުރަތަމަ މެޗުން ސްޓެލްކޯ އަތުން ވެސް ބަލިވެފަ އެވެ. އާބަންކޯ އިން ފުރަތަމަ މެޗުގައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަތުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ކުޅުނީ ވެމްކޯއާ ކަރެކްޝަންސްއެވެ. މި މެޗުން ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ. އެއީ 20-25، 22-25، 25-17 އަދި 19-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯ އަށް ކުޅޭ އިންޑިއާގެ ވިނީތު ކުމާރް އެވެ.

މި މުބާރާތުގެ ދެ މެޗު މިއަދުވެސް ކުޅޭނެއެވެ. މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ސްޓެލްކޯ ބައްދަލުކުރާނީ އެމްޕީއެލްއާ އެވެ. އަދި މިރޭ 20:30 ގައި ޕޮލިސް ކުޅޭނީ އާބަންކޯއާ އެވެ. ޕޮލިސް ކުޅުނު ފުރަތަމަ މެޗުން ވަނީ ސްޓެލްކޯ ބަލިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް