ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުވާ ކޮމިޓީއަށް މިހާރު ރައީސް ހަތަރު މެމްބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް އެމަޖިލީހަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތަފްސީލެއް މިއުވާން ނުދެއްވައެވެ.
ފަތުވާ މަޖިލީހަށް މެމްބަރުން މި އައްޔަން ކުރެއްވީ އެމަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހިމް ފިޔަވައި ދެން ތިއްބެވި މެމްބަރުންގެ މަގާމުގެ މުއްދަތު ހުސްވެ އެމަގާމުތައް ހުސްކޮށް އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުންނެވެ.
ފަތުވާ މެޖިލީހުގެ މެމްބަރުންގެ މަގާމު ހުސްވުމުން އެމަގާމަށް މެމްބަރުން އައްޔަން ނުކޮށް ގިނަ ދުވަސްތަކެއް ވުމުން ސަރުކާރަށް މީގެކުރިން ފާޑުކިއުންވެސް އަމާޒުވިއެވެ.