ސ ހިތަދޫއަށް އުފަން ހުސައިން ސައީދުގެ ގާތްބައެއް މީހުން މައުލޫމާތު ދިންގޮތުން ހުސައިންއަށް ހާޓް އެޓޭކެއް ޖެހުނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ހުސައިން އަށް ފަރުވާދެމުން ގެންދާއިރު މިހާރު ހާލު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ގެންދެވޭވަރަށް ހާލު ރަނގަޅު ނުވާތީ އޭޑީކޭގައި ބައިޕާސް ސާޖަރީއެއް ހެދުމަށް މިހާރު ވަނީ ނިންމާފައެވެ.
ފާއިތުވި 10 އަހަރަށް ވުރެ ގިނަ ދުވަހު އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ހުސައިން އަކީ އަރަބިއްޔާ ސްކޫލްގެ ވަގުތީ ޕްރިންސިޕަލްވެސް މެއެވެ.
ތައުލީމީ ދާއިރާގައި ތަޖުރިބާކާރު ހުސައިން ސައީދު އަކީ ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ ހަސަން ސައީދުގެ ބޭބެއެވެ.