ads
ބީއެމްއެލް އާ އެމެރިކަން އެކްސްޕްރެސް ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕެއިން އިފްތިތާހުކުރުން - ފޮޓޯ:ބީއެމްއެލް
'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕެއިން އިފްތިތާހުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕެއިން އިފްތިތާހުކޮށްފިއެވެ.
Advertisement

ބީއެމްއެލުން ބުނެފައިވަނީ މި ކެމްޕެއިންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ތަފާތު ތަޖުރިބާތަކެއްކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެއްއަހަރުގެ މުއްދަތަކަށް ދެމިގެންދާ މި ކެމްޕެއިން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)، ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެންޑޯޒްކޮށްފައި ކަމަށް ބީއެމްއެލުން ބުނެއެވެ. މި ކެމްޕެއިން އިފްތިތާހު ކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

'އެކްސްޕީރިއަންސް މޯލްޑިވްސް' މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތަކެއް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި އެކިއެކި ވިޔަފާރިތަކުން ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް 10 އިންސައްތަ އާއި 25 އިންސައްތަ އާ ހަމަޔަށް ސްޕާ/އެކްޓިވިޓީ ޑިސްކައުންޓް ލިބޭއިރު، އެއްވެސް ހަރަދަކާ ނުލާ ހުރުމުގެ ފުރުސަތުތަކާއި ރެސްޓޯރަންޓްތަކުން ބޮޑެތި ޑިސްކައުންޓްގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ފަދަ ގިނަ ފުރުސަތުތަކެއް އެމެކްސް ކާޑު މެންބަރުންނަށް ލިބޭނެ ކަމުގައެވެ.

your imageބީއެމްއެލް އާ އެމެރިކަން އެކްސްޕްރެސް ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕެއިން އިފްތިތާހުކުރުން - ފޮޓޯ:ބީއެމްއެލް

"މި އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ބައި މިލިއަން ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައި. ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން 2023 ވަނަ އަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ކެމްޕެއިންގައި ގިނަގުނަ ފުރުސަތުތަކާ އެކު ބައިވެރިވި ޕްރޮޕަޓީސްތަކާއި މާޗެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވިއެވެ.

މި ޕާޓްނާޝިޕް އާ ގުޅޭގޮތުން ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރަލް މެނޭޖަ، ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތު ޕެސިފިކް ގްރޯތު މާކެޓްސް، އެމެރިކަން އެކްސްޕްރެސް، ވިދްޔާ ޖައިން ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޕްރީމިއަމް އަދި މުއްސަނދި ފަތުރުވެރިންގެ މެދުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށާއި އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިންގެ އެހީގައި މި ހިތްގައިމު މަންޒިލަށް އިތުރު ޝައުގުވެރިކަމެއް ގެނުވައި ރާއްޖޭގެ އިގުތިސޯދާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިކަމުގެ ސަބަބުން އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދުވަސްވީ ޕާޓްނަ، ބޭންކް އޮފް މޯލްޑިވްސް އާއެކު އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް އެކްސްޕީރިއަންސް މޯލްޑިވްސްގެ ކެމްޕެއިނަކާ އެކު ތަފާތު ތަޖުރިބާތަކެއް ގެނެސްދެވޭކަމީ އަޅުގަނޑުމެން އުފަލާ އެކު ފާހަގަކުރާ ކަމެއް،" ވިދްޔާ ޖައިން ވިދާޅުވިއެވެ.

your imageބީއެމްއެލް އާ އެމެރިކަން އެކްސްޕްރެސް ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕެއިން އިފްތިތާހުކުރުން - ފޮޓޯ:ބީއެމްއެލް

ބީއެމްއެލްއަކީ 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

އެ ބޭންކުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 38 ބްރާންޗާއި 85 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 141 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

އެމެރިކަން އެކްސްޕްރެސްއަކީ ޕްރޮޑަކްޓްތަކާއި  ތަޖުރިބާ އާއެކު ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނުވާ، ކާމިޔާބު ވިޔަފާރިއެއް ބިނާކުރުމަށް އެހީވެދޭ ގްލޯބަލް އިންޓަގްރޭޓެޑް ޕޭމަންޓް ކޮމްޕެނީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް