ކައުންޓަރފީޓް ނުވަތަ ވަގު ނޫޓު ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ ގުލްބަކާވިލާ ޢަބްދުﷲ އަޝްރަފް ކިޔާ މީހެކެވެ. އެއީ އުމުރުން 38 އަހަރުގެ މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގު ނޫޓު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މި މީހާއަކީ ބަންދު ރެކޯޑް އޮންނަ މީހެކެވެ.
ވަގު ނޫޓު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްގެން މި މީހާ ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހުގެ ބަންދު މުއްދަތެއް ކްރިމިނަލް ކޯޓުންވަނީ ޖަހާފައެވެ. މުއްދަތު ޖެހީ ގާޒީ މުހައްމަދު މިސްބާހުއެވެ.
ރެކޯޑްތައް ދައްކާ ގޮތުން ވަގު ނޫޓު ގެންގުޅެން ހައްޔަރުކޮށްފައިވާ އަބްދުﷲ އަޝްރަފަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.