ads
ސަލަފް ގެ ރައީސް -- ފޮޓޯ:ވަގުތު
ރައީސް ސޯލިހު މަގާމުން ވަކިކުރަން ސަލަފުން ގޮވާލައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު ގޮވާލައިފި އެވެ.

ސަލަފްގެ ރައީސް މިގޮތަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. 

އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް ކަމަށެވެ. 

"ޗާގޯސް މައްސަލައިގައި ގައުމާއި ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާތީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް،" - އައްޝައިހް އަބްދުﷲ

އައްޝައިހް އަބްދުﷲ ވަނީ ޗާގޯސް މައްސަލައަކީ ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަހައްދީ، ސިޔާދަތީ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މިއީ ބެލެން ޖެހޭނެ މައްސަލައެއް ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ. އަދި ގައުމުގެ އިމަކީ ބޮޑު އަމާނާތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޗާގޯސް މައްސަލައިގައި އިޓްލޮސްގައި މައްސަލަ ނިމުނު ގޮތަށާއި މި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް އެތައް ސިޔާސީ ބޭފުޅުންނެއްވެސް އަންނަނީ ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ އަދި މިވަގުތު ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީކަމަށްވާ އެމްއާރްއެމް އާއި ޖޭޕީވެސް ހިމެނެ އެވެ. 

ސަލަފް ޖަމިއްޔާއިން ޗާގޯސް މައްސަލައިގައި ނުރުހުން ފާޅުކޮށްފައިވާ އިރު އިދިކޮޅު ޕީޕީއެމްއިން ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއިވެސް މި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި ބައްދަލު ކޮށްފަ އެވެ. 

55%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް