ads
ކޭޕާކްގެ އިންވެސްޓަރު ޖިން ޝިހޫ އަދި މަންޑޭ
ކޭޕާކް ފްލެޓް ވައްކަމުގެ މައްސަލާގައި ދިވެހި ހިއްސާދާރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ހަންބޯ ކުންފުނިން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކުގެ މައްސަލާގައި އެކުންފުނީގެ އިންވެސްޓަރު އަދި މައި ހިއްސާދާރު ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅި މައްސަލައާއި ގުޅިގެން އެކުންފުނީގެ ދިވެހި ހިއްސާދާރު އަހުމަދު މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
Advertisement

ކޭޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގައި އޮންނަނީ ޖިން ޝިހޫގެ 95 އިންސައްތަ ހިއްސާއާއި، ހަސަން މަމްދޫހު (މަންޑޭ)ގެ ފަހެއް އިންސައްތަ ހިއްސާއެވެ.

މިމައްސަލާގައި ޝިހޫ ފުލުހުްނަށް މައްސަލަ ހުށަހެޅިއިރު މަންޑޭއަށް ވަނީ ވައްކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

ހާންބޯ ކުންފުނިން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭންގި މަންޑޭ އަމިއްލައަށް ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާކަމަށެވެ.

މަންޑޭ އެޕާޓްމަންޓްތައް ވިއްކާފައިވަނީވެސް ނުއަގުގައިކަމަށާއި އެކަން ނުއަގުގައި ކަމަށާއި އޭނާ އެކަންކުރީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށްބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ލަމަށްވެސް ހަންބޯ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާ އިން ކަމަށް ކަސްޓަމަރުން ބުނެފައިވާކަމަށާއި ފައިސާ ހޯދުމަށް ސީދާ މުއާމަލާތް ކޮށްފައި ވަނީ މަންޑޭ އާއި ޖައިޝަން ސައީދުކަމަށްވެސް ހަންބޯ ކުންފުނީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ހަންބޯ ކުންފުނީގެ އެކައުންޓް ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާއިރު ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށްކަމަށްވެސް އެބަޔާނުގައި ވެއެވެ.

ބީއެމްއެލްގައި އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ވަކީލަކުލައްވާ އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެންކަމަށާއި އެކަން އެނގި ބީއެމްއެލްއަށް އެނގިއިރު އެކައުންޓުގައި ހުރި ފައިސާވެސް ނަގާފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހަންބޯ ކުންފުނިން ބުނީ މަންޑޭ ވިއްކި އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި އެތައް ބައެއްގެ އަތުން ނަގާފައިވާކަމަށާއި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށެވެ.

ހަންބޯ ކުންފުނީގެ މައި ހިއްސާދާރު މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށް، ހުޅުމާލެ ބަލަހައްޓާ އާބަންކޯއިން ވެސް ވަނީ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައެވެ. މިމައްސަލާގައި މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް