ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޖިންސީ ގޯނާކޮށް ބިރުދެއްކި ފިރިހެނަކު ހައްޔަރުކޮށްފި
ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުގައި ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރުމާ، ބިރު ދެއްކުމާ އަދި މުދަލަށް ގެއްލުންދިނުމާއި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. މި ފިރިހެން މީހާ ބަންދުކޮށްގެން ކޯޓަށް ގެންދިޔުމުން 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ފުލުހުންވަނީ ހެއްކާ ގަރީނާ ހުށަހަޅާފައެވެ. މި ފިރިހެން މީހާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށެވެ.

ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުގައި ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފައިވީ ނަމަވެސް މި ހާދިސާތަކުގެ އިތުރު ތަފްސީލެއް ނުލިބެއެވެ .

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް