ads
މިދިޔަ އަހަރުގެ ލީގުގެ ޝީލްޑް މާޒިޔާއިން އުފުލާލަނީ
ހޯމަ ދުވަހު ދިވެހި ލީގު ފަށަނީ
ކްލަބް ވެލެންސިއާއާއި ޓީސީ ސްޕޯޓްސް މެޗުން އަންނަ ހޯމަ ދުވަހު ދިވެހި ލީގު ފަށަން ތާވަލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ލީގުގެ ރޭންކިންއަށް ބަލައި ތައްޔާރުކޮށްފައިވާ ލީގުގެ ޝެޑިއުލްގައިވާ ގޮތުން ލީގު ފަށާނީ އަންނަ ހޯމަ ދުވަހުގެ ހަވީރުއެވެ. ހަވީރު ވެލެންސިޔާއާ ޓީސީ ކުޅުމަށް ފަހު، އެރޭ ކުޅޭނީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި އީގަލްސްއާއި މުޅިން އަލަށް ޕްރޮމޯޓްވި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބުރު ސްޕޯޓްސްއެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ މެޗެއް އޮތީ އަންގާރަ ދުވަހު ހަވީރުއެވެ. މާޒިޔާ އަންގާރަ ދުވަހު ހަވީރު ކުޅޭނީ ޔޫވީއާއެވެ. އަދި އެރޭ ކުޅޭނީ ގްރީން ސްޓްރީސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ. ލީގުގައި ކުޅޭނީ ޖުމްލަ އަށް ޓީމެވެ.

ލީގު ރާވާފައިވާ ގޮތުން ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ތިން މެޗު ކުޅުމަށްފަހު، މެއި 19 ވަނަ ދުވަހު ލީގު މެދުކަނޑާލާނެއެވެ. އެއީ އަންނަ މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށެވެ. ސާފަށް މެދު ކަނޑާލުމަށް ފަހު ދެން އަލުން ފަށާނީ ޖުލައި 14 ވަނަ ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް