މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 21:50 ހާއިރު ކުޑަހުވަދޫ ފުޓުބޯޅަ ދަނޑުގެ ކަންމަތީގައި ހުންނަ އިންރާ ޓްރޭޑް ކައިރީގައެވެ.
އެކްސިޑެންޓު ވެފައިވަނީ ދެ ސައިކަލު ޖެހިގެންނެނެވެ.
މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވަން ފިރިހެނެއްގެ ފަޔަށް ވަނީ އަނިޔާވެގެން، ކުޑަހުވަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފައެވެ.
މަންޒަރު ދުއް މީހަކު ބުނީ އެތަނުން އެއް ސައިކަލުގައި އިންމީހަކު މަގުމައްޗަށް ވެއްޓުނުގޮތައް ނުތެދުވެ ވަގުތުކޮޅަކު އޮތްކަމަށެވެ. އަދި ފަހުން އެ ސަރަހައްދުގައި ތިބި މީހުން ވަނީ އެމީހާ ނަގައި، އެންބިއުލާންސަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެމީހާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިނޑެންޓު ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.