
ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ މޮޅުވީ ބޯންމައުތު އަތުން ތިން ލަނޑު އެއް ލަނޑުންނެވެ. މިއީ ވިދިވިދިގެން ހަ މެޗުން ބަލިވުމަށް ފަހު މޮޅުވި ފުރަތަމަ މެޗެވެ. ލަމްޕާޑް ކޯޗު ކަމާ ހަވާލުވި ފަހުން ހަ މެޗުން ބަލިވެފައިވާއިރު އެއީ ލީގުގެ ހަތަރު މެޗާ ޗެމްޕިއަންސް ލީގުގެ ދެ މެޗެވެ.
ބޯންމައުތު އަތުން ޗެލްސީ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. އެއީވެސް ފަހުކޮޅުގައި ޖެހި ލަނޑުތަކަކާއެކުއެވެ. މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ގޯލެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ބޯންމައުތުންވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފައެވެ.
ދެ ޓީމު އެއްވަރުވެ އޮވެ މެޗު ނިމުމާ ދިމާލަށް ދަނިކޮށް ޗެލްސީން ފަހު ދެ ލަނޑު ޖެހީ މެޗު ނިމެން ހައެއްކަ މިނިޓަށްވެފައިވަނިކޮށެވެ.
ލީގުގައި ފުލުފުލުން ހަތަރު މެޗުން ބަލިވުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ހޯދި މޮޅާއެކު ޗެލްސީ އޮތީ 11 ވަނައިގައެވެ. ޗެލްސީއަށް 34 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.