މި ތަމްރީނުތަކަކީ ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ތަކެކެވެ.
މިފަހަރު ފުރި ބެޗްގެ ސިވިލްސާވަންޓުން ތަމްރީންތައް ނިންމުމުން މި އެއްބަސްވުމުގެ ދަށުން ތަމްރީން ކުރެވޭ ސިވިލްސާވަންޓުންގެ އަދަދު 689 އަށް އަރާނެކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެއެވެ.
2019 ވަނަ އަހަރު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މުއައްސަސާތަކުގެ ސިވިލް ސާވަންޓުން އިންޑިއާގައި ތަމްރީން ކުރުމަށް ގިނަ ހަރަކާތްތަކެއް މިހާރުވެސް ވަނީ ހިންގާފައެވެ.
ސީއެސްސީން ބުނީ އަމާޒަކީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް 1000 ސިވިލްސާވަންޓުން އިންޑިއާގައި ތަމްރީން ކުރުން ކަމަށެވެ.