ads
ސްޓެލްކޯއިން ސޯލާ ޕެނެލްތަކެއް ހަރުކޮށްފައި ހުރި ތަނެއް
ސްޓެލްކޯއިން ގޭގޭގެ ފުރާޅު ކުއްޔަށް ނަގަނީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިންގާ އިޔާދަކުރަނިވި ހަކަތަ ޕްރޮގްރާމްގެ ދަށުން ގޭގޭގެ ފުރާޅު ކުއްޔަށް ނަގަން އިއުލާނު ކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ "އަވިކަތަ" މަޝްރޫއުގެ ދަށުން އެކުންފުންޏަށް ގޭގެ ފުރާޅު ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު މިހާރު ހުޅުމާލާފައިވާ ކަމަށެވެ.

އެގޮތުން ސޯލާ ޕެނެލް ހަރުކޮށްގެން ގޭގެ ވެރިފަރާތަށް ކުލި ލިބޭއިރު ހަރުކުރެވޭ ކޮންމެ އެއް ކިލޯ ވޯޓްގެ ސޯލާ ޕެނެލްއަށް މަހަކު 180.60 ރުފިޔާގެ މަގުން ކުލި ލިބޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

"އަވިކަތަ: ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށް ހުޅުވުނު ދޮރެއް. ކަސްޓަމަރުންގެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު އާމްދަނީއެއް ހޯދުމުގެ ފަހި ފުރުސަތެއް. އަދި ކުންފުންޏާއި، ކަސްޓަމަރަށްވެސް ތިމާވެށި ހިމާޔަތް ކުރުމުގައި ހިއްސާވެވޭނެ މަގެއް" - ސްޓެލްކޯ

އަދި ސޯލާ ޕެެނެލް ހަރުކުރުމާއި އެކަމަށް ހިނގާ ހުރިހާ ހަރަދެއްވެސް ކުރާނީ ސްޓެލްކޯއިން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ އަވިކަތަ ސޯލާ ޕެނަލް ހަރުކުރާނީ މަދުވެގެން 1000 އަކަފޫޓުގެ ހުސް ޖާގަ އޮންނަ ފްރާޅުގައި ކަމަށާއި އެކަމަށް ކުއްޔަށް ނަގާނީ މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭ ވަރުގެ ފުރާޅު ކަމަށެވެ.

އަދި ކުއްޔަށް ނަގަ ފުރާޅަކީ ފަސޭހައިން އިރުގެ އަވިލިބޭނެ ތަނަކަށް ވުމުގެ އިތުރުން ޕެނަލް އަދި އިންސްޓަލޭޝަން ވަސީލަތްތައް ހަރުކުރެވޭނެ ޖާގަ އެތަނެއްގައި ހުންނަން ޖެހޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް