ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދިންތާ ދެ އަހަރު ވެގެން ދިޔައިރުވެސް އިންސާފު ލިބިފައި ނުވާތީ އަމްރު މިއަދު ކުރެއްވި ޓްްވީޓެއްގައި ވިދާޅުވީ މިއީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.
އަމްރު ވިދާޅުވީ ބޮމުގެ ހަމަލާ ދިނުމުގެ ކުރިން އެ ހަމަލާގެ މައުލޫމާތު ސަރުކާރަށް އެނގިތިބެ އަޅާނުލި ކަމަށެވެ. އަދި އެ ހަމަލާއަށް ދެ އަހަރުވެގެން ދިޔައިރުވެސް އެ ހަމަލާ ރޭވި މީހުން ހޯދިފައިނުވާކަންވެސް އަމްރު ފާހަގަ ކުރެއްވި އެވެ.
މީގެ ދެ އަހަރު ކުރިން ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށްވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އެ އަނިޔާތަކަށް އެމަނިކުފާނުވަނީ ޖަރުމަނުގައިވެސް ފަރުވާ ކުރައްވާފަ އެވެ.