
ދެވަނައިގަ އޮތް އާސެނަލްއާ އެއް އަދަކަށް މެޗު ކުޅެ، ސިޓީން ހަމަ ޖެހިލީ ހަތަރު ޕޮއިންޓްގެ ފަރަގަކާއެކުއެވެ. އެއީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނައިގަ އޮތް އާސެނަލްއަށް 34 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. އެހެންކަމުން، އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު ސިޓީއަށްވަނީ ފުރިހަމައަށް ލިބިފައެވެ.
އާސެނަލްއާ ސިޓީ މެޗު ހަމަކުރީ ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން ސިޓީ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. ލީގުގައި ސިޓީއަށްވެސް އަދި އާސެނަލްއަށްވެސް ބާކީ އޮތީ އެންމެ ހަތަރު މެޗެވެ.
ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީ އިން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކުރީ ކެޕްޓަން އިލްކާއި ގޮންޑޮއާން އެވެ. ފުރަތަމަ ގޯލު މެޗުގެ 19 ވަނަ މިނިޓުގައި ޖެހިއިރު ދެވަނަ ގޯލު ޖެހީ 27 ވަނަ މިނިޓުގަ އެވެ. ލީޑްސްއަށް ސުން ކަނޑުވާލަދިނީ 85 ވަނަ މިނިޓުގައި ޖަހައިދިނީ ރޮޑްރިގޯ އެވެ.
ރެލިގޭޝަންގެ ބިރާ އެކު ލީޑްސް ޔުނައިޓެޑް އޮތީ 35 މެޗުން ހޯދި 30 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ.