ads
ބްރިޖް ޑެކް ޕްރިކާސްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ބްރިޖްގެ ވިލިމާލެ ތަނބުތަކުގެ މަސައްކަތް ފަށައިފި
ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ވިލިމާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ފަށާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ބްރިޖް އޮފީހުގެ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ބްރިޖް މަސައްކަތުގައި ވިލިމާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ވިލިމާލޭގެ އެއްގަމުގައި ހަތް ތަނބު ޖަހާއިރު، އޭގެ ތެރެއިން އެއް ތަނބުގެ ޕައިލިން މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޖިނާން ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް މަސައްކަތުގައި މާލެ ވިލިމާލެ ގުޅީފަޅުގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ކުރަމުންދާއިރު މާލޭ ކޮޅުގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ.

އަދި ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތްވެސް ތިލަފުށީ ސައިޓްގައި މިހާރުދަނީ ކުރަމުންނެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ތަނބުތަކުގެ މަސައްކަތް ނިމެމުން ދާވަރަކަށް، ޑެކްގެ ބައިތައްވެސް ގުޅާލަމުން ގެންދާނެކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމަށް އެފްކޮންސްއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 26 އޯގަސްޓް 2021 ގައިއެވެ. 

މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 100 މިލިއަން ޑޮލަރާއި، އެގައުމުގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އެކު ޖުމްލަ 500 މިލިއަންޑިލަރުގެ ޕްރޮޖެކްޓެވެ. އަންނަ ޑިސެމްބަރުމަހަށް ވިލިމާލެ އާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ޕްލޭންކުރެވިފާއިރު، ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރަށްކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ވަނީ ލަފާކޮށްފައިއެވެ.

73%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް